އަލިމަސް ޔޫބީލް މުބާރާތަށް ލޯގޯއެއް ފަރުމާކުރަނީ

އަވަސް

20 އޯގަސްޓު 2025 | ބުދަ | 8:23

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، އެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ލޯގޯއެއް ހެދުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އެފްއޭއެމުން ބުނި ގޮތުގައި އަލިމަސް ޔޫބީލްގެ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، މި މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިންގެ ތައްޔާރު ކުރުމަށް ހުޅުވާލެވުނު ފުރުސަތުގައ ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އފުޓްބޯޅަ އެސޯސިއޭޝަނުން ކަނޑައަޅާ ޕެނަލަކުން ޖަޖު ކުރުމަށްފަހު އެއްވަނަށް ލޯގޯ ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމްގެ ގޮތުގައި 15،000ރ. ދެވޭނެއެވެ. އެފްއޭއެމުން ބުނި ގޮތުގައި ލޯގޯ ތައްޔާރުކުރަންވާނީ ރަތް، ނޫ، ރީނދޫ، އަދި ފެހި ކުލަ ހިމަނައިގެންނެވެ. ފަރުމާކުރެވޭ ލޯގޯއަކީ ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭފަދަ އަމިއްލަވަންތަ ލޯގޯއަކަށް ވާންވާނެ ކަމަށްވެސް އެފްއޭއެމުން ބުންޏެވެ. އަދި ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެ ކަމަށް އެފްއޭއެމުން ބުންޏެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން އެފްއޭއެމުންވަނީ ނިންމާފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައިވަނީ، ރާއްޖޭގެ ކޮންމެ ރަށަކުން އެ ރަށެއްގައި އުފެއްދި ފުޓްބޯޅައިގެ ޝަހުސިއްޔަތު ކަނޑައެޅުމަށް އިއުލާން ކޮށްފައެވެ. މިކަން ހާމަކޮށް، ކޮމިޓީގެ ޗެއާ އަދި ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން ބުނީ އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށަކަށް ކަމަށެވެ. އެކަމަށްޓަކައި ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައެޅުމުގެ އުސޫލުތަކެއް އެކުލަވާލާއި އެކަން އެފްއޭއެމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އޭނާ ބުންޏެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި އަހަރު ކަމަށްވާ 1950 އާ އެވެ. ފުޓްބޯޅައަށް 50 އަހަރު ފުރުނު ރަންޔޫބީލް ވަރަށް ކުލަގަދަކޮށް 2000 ވަނަ އަހަރު ފާހަގަކުރި އެވެ. އެ ފަހަރު އިންޑިއާ، ބަންގްލަދޭޝް، އަދި ސްރީ ލަންކާ ގެނެސްގެން ގޯލްޑަން ޖުބިލީގެ ނަމުގައި މާލޭގައި ފޯރިގަދަ މުބާރާތެއް ބޭއްވި އެވެ.

މައުޟޫޢުތަށް