އަބްދުއްރަހްމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި

އަވަސް

21 އޯގަސްޓު 2025 | ބުރާސްފަތި | 7:45

އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮން ދުވަހަކު ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުން ވަނީ ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ބުނެފަ އެވެ. އަބްދުއް ރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އަބްދުއް ރަހްމާންގެ މަރުގެ ތަހުގީގުގައި ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ. އަދި އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ކަމަށް ފުލުހުން ބުންޏެވެ. އަބްދުއް ރަހްމާންގެ މަރުގެ މައްސަލައިގައި ބައެއް މީހުންގެ ފޯނާއި އަންނައުނު މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މައުޟޫޢުތަށް