ގައުމު ފުނޑިއްޖެ، ރައްޔިތުން ހޭލަންވެއްޖެ: ރައީސް ޔާމީން

އަވަސް

21 އޯގަސްޓު 2025 | ބުރާސްފަތި | 11:57

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ބޭއިންސާފާ ހެދި ގައުމު ފުނޑިއްޖެ ކަމަށާއި އެކަންކަމަށް ދިވެހި ރައްޔިތުން ހޭލާ އަޑުއުފުލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ރައީސް ޔާމީން މިކަމަށް ގޮވާލެއްވީ އެމަނިކުފާނުގެ ޕާޓީ -- ޕީއެންއެފް އުފެއްދި ފަހުން ފުރަތަމަ ފަހަރަށް އާންމު ތަނެއްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާޓިފިޝަލް ބީޗުގައި ގިނަ އަދަދެއްގެ ބަޔަކާ އެކު ކުރިއަށް ދިޔަ މި ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ހަޖޫޖައްސަވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އަތޮޅު ތެރޭގެ ތަރައްގީ އެންމެ ބޮޑަށް ގުޅިފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް ކަމަށްވީ ނަމަވެސް މަސް ކިލޯއެއް މިއަދު ކިރަނީ 16 ރުފިޔާއަށް ކަމަށްވާތީ މަސްވެރިންނަށް އާމްދަނީއެއް ނުލިބޭ ކަމަށެވެ. މަސް ކިރާއި އަގާއި ޑޮލަރު ގަންނަން ލިބޭ އަގަށް ބަލާއިރު ދިވެހި ރުފިޔާގެ އަގު ގާތްގަނޑަކަށް 35 ޕަސަންޓް ޕަސެންޓް ވެއްޓިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. "ދިވެހި ރުފިޔާގެ އަގު މިހާ ބޮޑަށް ވެއްޓިގެން މިއުޅެނީ އަމިއްލަ ރައްޔިތުން ކުރި ކަމަކުން ނޫން. މިއީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތު،" ޔާމީން ވިދާޅުވި އެވެ.

މައުޟޫޢުތަށް