ހަނިމާދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި

އަވަސް

25 އޯގަސްޓު 2025 | ހޯމަ | 9:29

ހދ. ހަނިމާދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދު އެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާން އެވެ. ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ސްކޫލުގެ މަޝްރޫއު ކުރިއަށްދާނީ އެ ރަށުގެ ދަރިވަރުންގެ އިތުރުން ހިރިމަރަދޫގެ ދަރިވަރުންނަށްވެސް ޖާގަ ލިބޭ ގޮތަށް ކަމަށެވެ. މި ގޮތުން އަށް ކްލާސް ރޫމާއި ސައިންސް ލެބެއްގެ އިތުރުން ސްޓާފް ރޫމާއި ލައިބްރަރީގެ މަސައްކަތް މި މަޝްރޫއުގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް