ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް ދެން ގެނެވޭނީ ހުއްދަ އޮވެގެން

އަވަސް

26 އޯގަސްޓު 2025 | އަންގާރަ | 12:32

ރާއްޖެއަށް ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް އެތެރެ ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އާންމުކޮށް އަމަލުކުރަން ފަށައިފި އެވެ.

ގަވާއިދުގައިވާ ގޮތުން ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް ރާއްޖެއަށް ދެން އެތެރެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. މި ގަވާއިދާ ހިލާފަށް ހުއްދަ ނެތި މި ދެ ބާވަތުގެ ވަޅި ރާއްޖެ އެތެރެކޮށްފިނަމަ އެ އެއްޗެއް ހިފެހެއްޓުމުގެ އިހުތިޔާރު މި ގަވާއިދުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ވަނީ ދީފަ އެވެ. ހުއްދަ ނެތި ވަޅި އެތެރެކޮށްފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ކަސްޓަމްސް އިން ފުލުހުންނަށް ފޮނުވަންވާނެ ކަމަށްވެސް ގަވާއިދުގައިވެ އެވެ. މި ގަވާއިދުގައިވާ ގޮތުން މިނިސްޓްރީން ހުއްދަދޭ ތަކެތި ބޭނުންކުރެވޭނީ އެ ތަކެތި ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދެވޭ ފަރާތްތަކަށް އެކަންޏެވެ. މިނިސްޓްރީގެ ހުއްދަދީގެން ރާއްޖެ އެތެރެކުރާ އެއްޗެއް ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ އެކަން ވަގުތުން މިނިސްޓްރީއަށް ރިޕޯޓްކުރަންވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

މައުޟޫޢުތަށް