މޯހަންގެ ފުރަތަމަ ގައުމީ ޓީމު އިއުލާންކޮށްފި

އަވަސް

26 އޯގަސްޓު 2025 | އަންގާރަ | 7:41

ގައުމީ ޓީމުގެ އާ ކޯޗު، މުހައްމަދު ޝިޔާމް- މޯހަންގެ އިރުޝާދުގެ ދަށުން އެކުލަވައިލި ފުރަތަމަ ގައުމީ ޓީމު އިއުލާންކޮށްފިއެވެ.

މޯހަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ފުރަތަމަ ކުޅޭ މުބާރާތަކަށްވާނީ އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗެވެ. މި މެޗަށް މޯހަން ނެގި ސްކޮޑުގައި ގޯލްކީޕަރު، މުހައްމަދު ފައިސަލް އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު، ހަސަން ރާއިދުއަށްވަނީ ފުރުސަތު ދީފައެވެ. ފައިސަލްއަކީ ކުރިން ގައުމީ ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެކެވެ. މޯހަންގެ އިރުޝާދާއެކު ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާނީ ހުކުރު ދުވަހުގެ ރޭއެވެ. ލަންކާ މެޗަށް ނެގި ސްކޮޑު: މުހައްމަދު ފައިސަލް (ބުރު ސްޕޯޓްސް ކްލަބް) ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ) ހުސެއިން ސިފާއު ޔޫސުފް - ކުރޯ (މާޒިޔާ) މުހައްމަދު އިރުފާން- އިރޭ އަލީ ފާސިރު – ސެންޓޭ އިބްރާހިމް އައިސަމް (މާޒިޔާ) ނާއިޒު ހަސަން - ދާދު (މާޒިޔާ) ހަމްޒާ މުހައްމަދު - ހަމްޕު (މާޒިޔާ) ހަސަން ރާއިފް އަހުމަދު - ހަންނަ ހައިޝަމް ހަސަން - ބިޑި (މާޒިޔާ) އަހުމަދު އައިހަމް - ފަތޯ (މާޒިޔާ) ހަސަން ނަޒީމް - ޗޯޓު (މާޒިޔާ) އިޔާން އަބްދުލް އަލީމް - ޗިކީ (މާޒިޔާ) ހަސަން ޝިފާޒް - ޑުންގާ (މާޒިޔާ) އިބްރާހިމް އުސާމާ ހަސަން މަޖީދު - އުކާ (ބުރު ސްޕޯޓްސް ކްލަބް) ހަސަން އީނާޒް (ޓީސީ) އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (އީގަލްސް) ހުސެއިން ނިހާން - ނިހާޓް (އޮޑި) މުހައްމަދު ނާއިމް (އޮޑި) އަހުމަދު ރިޒުވާން - ރިޒޭ (އީގަލްސް) އަހުމަދު އައިހަމް - އައިހު (އޮޑި) ހިސާމް ސަލީމް - ކޮކީ (އީގަލްސް) މުހައްމަދު ޔާމީން (ވިކްޓަރީ) އަހުޒަމް ރަޝީދު - އަހު (އޮޑި) މުހައްމަދު އިލާން އިމްރާން (މާޒިޔާ) ހަސަން ރާއިދު

މައުޟޫޢުތަށް