ތުލުސްދޫ ކައިރިން ދޯންޏެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
އަވަސް
26 އޯގަސްޓު 2025 | އަންގާރަ | 11:00
ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މީހަކު މަރުވެއްޖެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ ބ. ކުޑަރިކިލު، ފިނިވާގެ، އަހުމަދު ޝިހާމް އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެވެ. އެ ދޯނިން ހަ މީހަކު ދަތުރުކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ތުލުސްދޫ އިން ހަރަކާތްތެރިވި މީހުންނަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އޭނާ ފެނުނުއިރު އޮތީ މަރުވެފަ އެވެ.