ރަސްމާލެ ބިން ހިއްކާ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެ

އަވަސް

27 އޯގަސްޓު 2025 | ބުދަ | 6:59

ރަސްމާލެ ބިން ހިއްކުން ކުރިއަށްދާ ސަރަހައްދާ ކައިރިން ޑައިވް ނުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.

ބިން ހިއްކުން ކުރިއަށްދާތީ އެ ސަރަހައްދުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީގެ އިއުލާންގައި ބުނީ ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް ސީ އާއި އީ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރަކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެޗްޑީސީން ވަނީ އެ ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ. އެޗްޑީސީން ވަނީ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އެ ތަނުގައި ޑްރެޖާ ދަތުރުކުރާނެ ރޫޓުގެ ޗާޓެއްވެސް އާންމުކޮށްފަ އެވެ.

މައުޟޫޢުތަށް