އެގްރޯނެޓްގެ ބޯޓުތައް ހިންގުމަށް އެމްޓީސީސީއާއެކު މަޝްވަރާކޮށްފި
އަވަސް
28 އޯގަސްޓު 2025 | ބުރާސްފަތި | 9:51
އެގްރޯނެޓްގެ ބޯޓުތައް ހިންގުމަށް އެގްރިކަލްޗާ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު މަޝްވަރާކޮށްފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަނޑުވެރިންގެ އުފެއްދުންތައް އުފުލަން ހާއްސަކޮށް ބަނދެފައިވާ އެގްރޯނެޓް ބޯޓުތައް އެމްޓީސީސީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް މި ބައްދަލުވުމުގައި އެމްޓީސީސީ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މިކަމަށް ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާ ކަމަށާއި މިނިސްޓްރީގެ އިރުޝާދާއެކު އެ ނިންމުން ނިމުމުން އެކަން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ތައްޔާރަށް ތިބި ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެމްޓީސީސީ އިން މިހާރުވެސް ފެރީ ހިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާ ކަމަށެވެ. އެ ތާވަލުތައް މުއާޖައާކޮށް ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު އެ މައުލޫމާތު ދަނޑުވެރިންނަށް ހިއްސާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.