އަބްދުއް ރަހްމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

އަވަސް

28 އޯގަސްޓު 2025 | ބުރާސްފަތި | 4:02

އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ) ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި އެވެ.

އަބްދުއް ރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27އ) ގެ އިތުރުން އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް (27އ) އެވެ. އާޝިދުގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ ފަސް ދުވަސް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އަންގާރަ ދުވަހު އެވެ. އަބްދުއް ރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދުކުރަން މީގެ ކުރިން ވަނީ އަމުރުކޮށްފަ އެވެ. އަބްދުއް ރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އަބްދުއް ރަހްމާންގެ މަރުގެ ތަހުގީގުގައި ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ. އަދި އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް