ސީއެސްސީއަށް ޝަކުވާ ހުށަހަޅަން ހާއްސަ ގޮތެއް

އަވަސް

28 އޯގަސްޓު 2025 | ބުރާސްފަތި | 8:01

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ޝަކުވާ ހުށަހަޅަން ތައްޔާރުކުރި ނިޒާމު "ކޮމްޕްލެއިންސް މޮޑިއުލް" އިފްތިތާހުކޮށްފި އެވެ.

ސީއެސްސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ނިޒާމު އިފްތިތާހް ކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އެވެ. ސީއެސްސީން މި މޮޑިއުލްއަކީ ސިވިލް ސާވިސް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް ޝަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮމިޝަނުން އިސްނަގައިގެން ފަރުމާކުރި މޮޑިއުލްއެއް ކަމަށެވެ. މިރަސްމިއްޔާތުގައި ޑރ. ޝައުގީ ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ފަސޭހަ ގޮތްތަކެއް އޮތުމަކީ ހުށަހެޅޭ ޝަކުވާ އިތުރުވެ ޖަވާބުދާރީވުމަށް މަގުފަހިކުރުވޭނެ ކަމެއް ކަމަށެވެ. ޝަކުވާތަކަށް ޖަވާބުދާރީވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ޝައުގީ އެދިވަޑައިގެންނެވި އެވެ. ސީއެސްސީން ބުނި ގޮތުގައި އެވްރެޖުކޮށް އެ ކޮމިޝަނަށް އަހަރަކު 7،100 އަށް ވުރެ ގިނަ ޝަކުވާ ލިބެ އެވެ.

މައުޟޫޢުތަށް