އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ހުޅުވާލައިފި

އަވަސް

29 އޯގަސްޓު 2025 | ހުކުރު | 1:36

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލައިފި އެވެ.

އެމްޑީޕީ އިން ބުނީ ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑިސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުންނަށެވެ. އަދި ޕްރައިމަރީގެ ޓައިމްލައިން ފަހުން އިއުލާނުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޑީޕީ އިން ވަނީ އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ މީހުން ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރުމަށް އެދިފަ އެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށްފަހު ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު ހުށަހެޅުމަށް އެދިފަ އެވެ.

މައުޟޫޢުތަށް