ލަންކާ ދެ މެޗަށް ގައުމީ ޓީމު ޕްރެކްޓިސް ފަށައިފި

އަވަސް

29 އޯގަސްޓު 2025 | ހުކުރު | 7:44

ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާގައި، އެ ގައުމާ ދެކޮޅަށް އަންނަ މަހު ކުޅޭ ދެ މެޗަށް، ދިވެހި ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ފަށައިފިއެވެ.

މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ ދެ މެޗު އޮތީ އަންނަ މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އެވެ. ލަންކާއާ އެކު ކުޅޭ، މި ދެ މެޗަށް 26 ކުޅުންތެރިންގެ ސްކޮޑު އެކުލަވާލުމަށް ފަހު، މިއަދު ޕްރެކްޓިސް ފެށިއިރު، ގިނަ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިވިއެވެ. މި މެޗަށް މޯހަން ނެގި ސްކޮޑުގައި ގޯލްކީޕަރު، މުހައްމަދު ފައިސަލް އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު، ހަސަން ރާއިދުއަށްވަނީ ފުރުސަތު ދީފައެވެ. ފައިސަލްއަކީ ކުރިން ގައުމީ ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެކެވެ. ލަންކާ މެޗަށް ނެގި ސްކޮޑު: މުހައްމަދު ފައިސަލް (ބުރު ސްޕޯޓްސް ކްލަބް) ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ) ހުސެއިން ސިފާއު ޔޫސުފް - ކުރޯ (މާޒިޔާ) މުހައްމަދު އިރުފާން- އިރޭ އަލީ ފާސިރު – ސެންޓޭ އިބްރާހިމް އައިސަމް (މާޒިޔާ) ނާއިޒު ހަސަން - ދާދު (މާޒިޔާ) ހަމްޒާ މުހައްމަދު - ހަމްޕު (މާޒިޔާ) ހަސަން ރާއިފް އަހުމަދު - ހަންނަ ހައިޝަމް ހަސަން - ބިޑި (މާޒިޔާ) އަހުމަދު އައިހަމް - ފަތޯ (މާޒިޔާ) ހަސަން ނަޒީމް - ޗޯޓު (މާޒިޔާ) އިޔާން އަބްދުލް އަލީމް - ޗިކީ (މާޒިޔާ) ހަސަން ޝިފާޒް - ޑުންގާ (މާޒިޔާ) އިބްރާހިމް އުސާމާ ހަސަން މަޖީދު - އުކާ (ބުރު ސްޕޯޓްސް ކްލަބް) ހަސަން އީނާޒް (ޓީސީ) އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (އީގަލްސް) ހުސެއިން ނިހާން - ނިހާޓް (އޮޑި) މުހައްމަދު ނާއިމް (އޮޑި) އަހުމަދު ރިޒުވާން - ރިޒޭ (އީގަލްސް) އަހުމަދު އައިހަމް - އައިހު (އޮޑި) ހިސާމް ސަލީމް - ކޮކީ (އީގަލްސް) މުހައްމަދު ޔާމީން (ވިކްޓަރީ) އަހުޒަމް ރަޝީދު - އަހު (އޮޑި) މުހައްމަދު އިލާން އިމްރާން (މާޒިޔާ) ހަސަން ރާއިދު

މައުޟޫޢުތަށް