ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ގުޅުމުގެ ފުރިހަމަ މިސާލެއް: ރައީސް
އަވަސް
30 އޯގަސްޓު 2025 | ހޮނިހިރު | 10:52
ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ ފުރިހަމަ މިސާލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖު ހުޅުވާ ބޭނުންކުރަން ފެށިތާ ހަތް އަހަރު ފުރުން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ ތަރައްގީގެ ހަގީގީ ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮތްކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. މީގެ އިތުރުން މިއީ ދެ ގައުމުގެ އެކުވެރިކަމާ ގުޅުމާއި އެއްގައުމުން އަނެއް ގައުމަށް އޮތް އިތުބާރު ފުރިހަމައަށް ދައްކުވައިދޭ މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ސިނަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 30، 2015 ގަ އެވެ. ބްރިޖު ހުޅުވީ އޮގަސްޓް 30، 2018 ގަ އެވެ.
ސިނަމާލެ ބްރިޖު ބޭނުންކުރާތާ ހަތް އަހަރުވީއިރުވެސް ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅު ކަމަށް ޗައިނާއިިން ރާއްޖެއަށް ކަނޑައެޅި ސަފީރު ކޮންގް ޝިއަންހު މި އަހަރުގެ މޭ މަހު ވިދާޅުވި އެވެ.