ރައީސް މުއިއްޒު، ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި
އަވަސް
31 އޯގަސްޓު 2025 | އާދިއްތަ | 8:26
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފި އެވެ.
ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ވަރުގަދަ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ޒަމާންވީ ގާތް އެކުވެރިކަމުގެ މައްޗަށެވެ. މީގެ އިތުރުން ޗައިނާ-ރާއްޖެ ކޮމްޕިހެންސިވް ސްޓްރެޓިޖިކް ޕާޓްނަޝިޕް (2024-28) އާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އެހެން ގައުމުތަކުގެ ލީޑަރުންނާވެސް ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. ވަކީން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާ ހުރެ އިގްތިސާދުތައް ރޫޅިގެންދާ ދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވެ އެވެ.