ރައީސް މުއިއްޒާއި މޯދީ ބައްދަލުކުރައްވައިފި
އަވަސް
31 އޯގަސްޓު 2025 | އާދިއްތަ | 7:10
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.
ރައީސް މުއިއްޒާއި މޯދީ ބައްދަލުކުރައްވާފައިވަނީ ޗައިނާގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ތެރެއިންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އެސްސީއޯ ސަމިޓްގެ ތެރެއިން ރައީސް މުއިއްޒާ ބައްދަލުކުރައްވާފައިވާ ކަމަށާއި ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށެވެ. ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ޖުލައި މަހު މޯދީ ރާއްޖެ ޒިޔާރަތްކުރެއްވި އެވެ. ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.