އުކުޅަހު މީހަކު ބައްޕައަށް ހަމަލާ ދީފި

އަވަސް

31 އޯގަސްޓު 2025 | އާދިއްތަ | 11:50

ހއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ވަޅިން ހަމަލާ ދީފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހަކީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. ޒަހަމްވީ 60 އަހަރުން މައްޗަށް ގޮސްފައިވާ މީހެކެވެ. ފުލުހުން ބުނީ މިމައްސަލަ ރޭ 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނުކުޅެދުންތެރިކަން ހުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ. އަނިޔާވި މީހާއަށް އުކުޅަހު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އެމީހާގެ ބަނޑާއި އަތަށް ކޮންމެވެސް ވަރެއްގެ ޒަހަމުތަކެއް ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް