ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މޫނު ބުރުގާ ހުއްދަކޮށްފި

އަވަސް

31 އޯގަސްޓު 2025 | އާދިއްތަ | 11:50

ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތް ހަމަޖައްސައިދީފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ހެދުން އެޅުމާ ގުޅޭގޮތުން ކުރިން އޮތް މާއްދާ އިސްލާހުކޮށް އަލުން އެކުލަވާލާފައިވާ ކަމަށެވެ. އިސްލާހު ކުރި މާއްދާގައި ކުރިން އޮންނަނީ ޝައުރީ ދާއިރާގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީން ވާންޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުއާމަލާތް ކުރާ މީހަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ކަމަށެވެ. އެހެންކަމުން މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށް ކަމަށް އެ މާއްދާގައިވެ އެވެ. މާއްދާއަށް މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ މޫނު ބުރުގާ އެޅުމަށް މުވައްޒަފުންނަށް ހުރަހެއް ނެތް ކަމަށެވެ. އެކަމަކު މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މައުޟޫޢުތަށް