މަސްދަޅު އެކްސްޕޯޓްކުރި މިންވަރު ދަށަށް
އަވަސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 8:30
މަސްދަޅު އެކްސްޕޯޓްކުރި މިންވަރު މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖުލައިގެ ނިޔަލަށް މަހުގެ ޖުމްލަ އެކްސްޕޯޓް އިތުރުވި ނަމަވެސް މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރުކުރި މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި މި އަހަރުގެ ޖުލައިގެ ނިޔަލަށް ބޭރުކުރީ 3،536 މެޓްރިކް ޓަނުގެ މަހެވެ. ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،752 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކުރި އެވެ. ރާއްޖެއިން މިއަހަރުގެ ޖުލައިގެ ނިޔަލަށް ޖުމްލަ 52،763.9 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ. މީގެ ތެރެއިން 47،902.2 މެޓްރިކް ޓަނުގެ މަހަކީ ތާޒާ، ޗިލްޑް އަދި ގަނޑުކުރި މަހެވެ. ފާއިތުވި 2024 ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ ޖުމްލަ 27،950.6 މެޓްރިކް ޓަނުގެ މަހެވެ.