މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަހުމަތެއް: ރައީސް

އަވަސް

1 ސެޕްޓެމްބަރު 2025 | ހޯމަ | 9:11

މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަހުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާމަ ކާފަ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ލޯތްބާއި ކުލުނު އާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަހުމަތެއް ކަމަށެވެ. ރާއްޖޭގައި މާމަ ކާފަ ދުވަސް ފާހަގަކުރަން ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ މާމަ ކާފަ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވާފަ އެވެ. އެ ގޮތުން އާއިލީ ގުޅުންތައް ދަމަހައްޓައި ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖުތަމައެއް ބިނާ ކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ބޮޑު ކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވި އެވެ.

މައުޟޫޢުތަށް