އުކުޅަހުގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެއަށް

އަވަސް

1 ސެޕްޓެމްބަރު 2025 | ހޯމަ | 11:09

ހއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި ބައްޕައަށް އިތުރު ފަރުވާ ދޭން މާލެ ގެނެސްފި އެވެ.

އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޒަހަމްވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައީ ފަތިހު އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކު ބައްޕައަށް ހަމަލާ ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 10:30 ހާއިރު އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. އަދި ޒަހަމްވި ބައްޕައަކީ 60 އަހަރުން މައްޗަށް ގޮސްފައިވާ މީހެކެވެ. އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދިނީ އުކުޅަހު ސިއްހީ މަރުކަޒުގަ އެވެ. އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އެމީހާގެ ބަނޑާއި އަތަށް ކޮންމެވެސް ވަރެއްގެ ޒަހަމުތަކެއް ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް