ރާއްޖެ-ޗައިނާ 11 އެއްބަސްވުމެއްގައި ސޮއިކޮށްފި

އަވަސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 5:34

ރާއްޖެއާއި ޗައިނާއިން 11 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މުހިންމު 11 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އިގުތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި އެއްބަސްވުންތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.

މައުޟޫޢުތަށް