މިދިޔަ މަހު 192،058 ފަތުރުވެރިން

އަވަސް

3 ސެޕްޓެމްބަރު 2025 | ބުދަ | 8:54

ނިމިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 192،058 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޒިޔާރަތްކުރި 176،175 ފަތުރުވެރިންނަށްވުރެ ނުވަ ޕަސެންޓް އިތުރުވުމެކެވެ. ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.49 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.36 މިލިއަން ފަތުރުވެރިންނަށްވުރެ 9.4 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،254 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 903 ގެސްޓްހައުސް އާއި 161 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.

މައުޟޫޢުތަށް