ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރައިފި

އަވަސް

3 ސެޕްޓެމްބަރު 2025 | ބުދަ | 10:24

ރާއްޖޭގެ ޖުމްލަ ދަރަނި 148.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން މި ދަރަނީގެ ތެރޭގައި ބަޖެޓަރީ ސެންޓްރަލް ގަވަމެންޓް (ބީސީޖީ) ދަރަނީގެ އިތުރުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނިވެސް ހިމެނެ އެވެ. ބީސީޖީ ދަރަނި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު 127.8 ބިލިއަން ރުފިޔާގައި ހުރިއިރު ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 21.1 ބިލިއަން ރުފިޔާގަ އެވެ. ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓްގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ޖުމްލަ ދަރަނި ހުރީ 146.7 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 144.9 ބިލިއަން ރުފިޔާގަ އެވެ.

މައުޟޫޢުތަށް