ފަސް އަތޮޅެއްގައި އާރްޓީއެލް ފެރީ ފަށަން ދިރާސާކުރަނީ
އަވަސް
3 ސެޕްޓެމްބަރު 2025 | ބުދަ | 12:19
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފަސް އަތޮޅެއްގައި ފެށުމަށްކުރާ ދިރާސާ މިމަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޒޯން ހަތަރެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ދިރާސާ ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އާރްޓީއެލް ޒޯން ހަތަރެއްގައި ހިމެނެނީ މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން ލ. އަތޮޅެވެ. އެ އަތޮޅުތަކުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ކުރާ ދިރާސާ މިމަހާއި އަންނަ އޮކްޓޫބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު 11 އަތޮޅުގައި ވަނީ ފަށާފަ އެވެ. އެއީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ އެވެ.