ދިވެހި ގައުމީ ފުޓްބޯޅަ ޓީމު، ލަންކާ ދެ މެޗަށް ފުރައިފި
އަވަސް
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:41
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާގައި، އެ ގައުމާ ދެކޮޅަށް އަންނަ މަހު ކުޅޭ ދެ މެޗަށް، ދިވެހި ގައުމީ މިއަދު ހެނދުނު ލަންކާއަށް ފުރައިފިއެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް ކޮލަމްބޯގައި ކުޅޭ ދެ މެޗު އޮތީ މި މަހުގެ ހަ ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އެވެ. ދެ މެޗު ވެސް ކުޅޭނީ ކޮލަމްބޯގެ ރޭސްކޯސް ދަނޑުގަ އެވެ. މި މެޗާބެހޭ ގޮތުން ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ ކޯޗު، މުހައްމަދު ޝިޔާޒް- މޯހަން ބުނީ، ލަންކާ މެޗަކީ ޕަބްލިކްގައި ރާއްޖޭގެ ފުޓްބޯޅައިގެ އިމޭޖް ރީތި ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. "މި ވަގުތު އަޅުގަނޑު ހަމަ ހުރިހާ ވިސްނުމެއް ވެސް ހުރީ މި ދެ މެޗަށް، މި ދެ މެޗުން އަޅުގަނޑުމެން ރަނގަޅު ނަތީޖާއެއް ނެރެގެން ނޫނީ މިހާރު ފުޓްބޯޅަ މި އިން ހާލަތުން ކުރިއެރުމުގެ ޕަބްލިކްގެ އެ އިމޭޖް އަޅުގަނޑުމެން ރަނގަޅުކުރަން މި މަސައްކަތް ކުރަން ޖެހެނީ، އެކަމަށް މި މެޗަކީ ވަރަށް މުހިންމު ދެ މެޗު،"