ހައިވޭގައި ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި

އަވަސް

5 ސެޕްޓެމްބަރު 2025 | ހުކުރު | 2:00

ހުޅުލެ، ހުޅުމާލެ ހައިވޭގައި ދަތުރުކުރި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭއިން ދަތުރުކުރި ޕިކަޕެއް ފުރޮޅު ފަޅައިގެންގޮސް ޑިވައިޑަރުގައި ޖެހި ފުރޮޅާލުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި އެކްސިޑެންޓާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އެކަމަކު ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި ޕިކަޕް ކާރެއްގައި ޖެހިފައިވާ ކަމަށާއި އެކަމަކު ކާރަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ޕިކަޕް ދުއްވާފައިވަނީ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ކަމަށްވާތީ ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މައުޟޫޢުތަށް