44 ޕަސެންޓް ފަތުރުވެރިންގެ ޗުއްޓީ ކ. އަތޮޅުގައި

އަވަސް

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:35

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 44.8 ޕަސެންޓް ޗުއްޓި ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި 1.49 މިލިއަން ފަތުރުވެރިންގެ ތެރެއިން 668،668 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގަ އެވެ. ކ. އަތޮޅަށްފަހު ފަތުރުވެރިން ދެން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ އދ. އަތޮޅުގަ އެވެ. އދ. އަތޮޅުގައި 130،318 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު އެއީ 8.7 ޕަސެންޓް ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 906 ގެސްޓްހައުސް އާއި 161 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ އޮޕަރޭޓް ކުރަމުންނެވެ.

މައުޟޫޢުތަށް