ގްލޭރީ ލިފްޓް: ސަލާމަތީ ފީޗާތައް ގިނަ، ރައްކާތެރި އަދި ރީތި ލިފްޓެއް

އަވަސް

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:29

އެފްޑަބްލިޔު އެލެވޭޓާސް ޕްރައިވެޓް ލިމިޓެޑަކީ ގެދޮރު އިމާރާތް ކުރުމުގެ ސިނާއަތުގައި އެންމެންގެ އިތުބާރު ހޯދާފައިވާ އެފް.ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން 2019 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ.

ރާއްޖޭގެ ގުދުރަތީ ވެއްޓަށާއި އަދި އުސް އިމާރާތްތަކުގެ އަސްލަށް ބަލައި ޑިޒައިންކޮށް ފަރުމާ ކޮށްފައިވާ ޖަރުމަން ވިލާތުގެ މަޝްހޫރު ގްލޭރީ ބްރޭންޑް ގެ ލިފްޓަކީ ޖީބައް ލުއި، އަޅުވާލަން ފަސޭހަ އެހާމެ ކޮލިޓީ އަދި ވަކިން ހާއްސަކޮށް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީގެން ހަދާފައިވާ ލިފްޓެކެވެ. އެފް.ޑަބްލިއު އެލިވޭޓާސް އަކީ ގްލޭރީ ބްރޭންޑް ލިފްޓުގެ ރާއްޖޭގެ ސޯލް ޑިސްޓިބިއުޓަރެވެ. މިދިޔަ ކުޑަ ދުވަސްކޮޅު ތެރޭގައި އެފް.ޑަބްލިއު އެލިވޭޓާސް އިން މިހާތަނަށް ވަނީ 60 އަށްވުރެ ގިނަ ގްލޭރީ ލިފްޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންސްޓޯލްކޮށްފަ އެވެ.

މާލެ އާއި ހުޅުމާލެ ހިމެނޭ ހެން އަމިއްލަ މީހުންގެ އިމާރާތްތަކުން ފެށިގެން ބޮޑެތި އެޕާޓްމަންޓް ބިލްޑިންގްތަކުން ދަނީ އެފް.ޑަބްލިއު އެލިވޭޓާސް އިން މާކެޓަށް ނެރެފައިވާ ގްލޭރީ ލިފްޓްގެ ހިދުމަތް ހޯދަމުންނެވެ. އެފްޑަބްލިޔު އެލެވޭޓާސް އިން ރާއްޖެއަށް ތައާރަފުކުރި ގްލޭރީ އެލަވޭޓާސްއަކީ 1880 ވަނަ އަހަރު ޖަރުމަނުގައި ތައާރަފުކުރި ލިފްޓެކެވެ. ގްލޭރީ ލިފްޓަކީ އޭގެ އެޑްވާންސް ޓެކްނޮލޮޖީ އާއި ރީތި ފަރުމާއަށް މަޝްހޫރު ބްރޭންޑެކެވެ. މީގެ އިތުރުން އިތުބާރާއި ރައްކާތެރިކަން އަދި ފަސޭހަކަމުގެ ގޮތުންވެސް މިއީ އެފަދަ ދެވަނައެއް ނެތް އެލެވޭޓެކެވެ.

މައުޟޫޢުތަށް