ސީއެސްސީގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފި
އަވަސް
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު. ނަންބަރު 1325، ޑރ. ހުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާ އެވެ. ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އަލީ ރަޝީދު ޙުސައިނެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ސީއެސްސީއަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.