ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށްފި

އަވަސް

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:42

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން މ. ފަތަހަ، ހުސެއިން ފަހުމީ ވަކިކޮށް އެ މަގާމަށް މ. ސިސްކިން އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައި ސަބަބެއް ޕީސީބީ އިން ހާމައެއް ނުކުރެ އެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކުރެއްވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގަ އެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ޝަމާހް ވަނީ މިފްކޯގެ ސީއީއޯގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

މައުޟޫޢުތަށް