ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް

އަވަސް

8 ސެޕްޓެމްބަރު 2025 | ހޯމަ | 9:25

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،520،699 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،386،554 ފަތުރުވެރިންނަށްވުރެ 134،145 ފަތުރުވެރިން -- 9.7 ޕަސެންޓް އިތުރުވުމެކެވެ. ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ގަދަ 10 ގައުމުން މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،258 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 907 ގެސްޓްހައުސް އާއި 161 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.

މައުޟޫޢުތަށް