ނަގޫރޯޅިއެއް އަރައި މަރަދޫފޭދޫއަށް ބޮޑެތި ގެއްލުންތަކެއް

އަވަސް

8 ސެޕްޓެމްބަރު 2025 | ހޯމަ | 11:13

އައްޑޫ ސިޓީ މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މަރަދޫފޭދޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މިއަދު ހެނދުނު އެރި ނަގޫރޯޅީގައި އެ އަވަށުގެ ބައެއް ގެތަކުގެ ފުރާޅު ވަނީ އެއްލާލާފަ އެވެ. އަދި ގަސްތަކެއް ވެއްޓިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. މި ހާދިސާގައި ލިބުނު ގެއްލުންތައް މަރަދޫފޭދޫ އަވަށު އޮފީހުން މިހާރު އަންނަނީ ބަލަމުންނެވެ. މިހާދިސާގެ މައުލޫމާތު ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށްވެސް ރިޕޯޓްކޮށްފަ އެވެ.

މައުޟޫޢުތަށް