މަހްލޫފު އެމްޑީޕީން ވަކިވެއްޖެ
އަވަސް
8 ސެޕްޓެމްބަރު 2025 | ހޯމަ | 3:42
މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެއްޖެ އެވެ.
އެމްޑީޕީން ވަކިވުމަށް އެދިވަޑައިގެން، މަހްލޫފް ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފަ އެވެ. މި ސިޓީގައި މަހްލޫފް ވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. "ވަކިން ހާއްސަކޮށް ރައީސް ސޯލިހް ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާކޮށް އުފާކުރަމެވެ،" ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޕާޓީން ވަކިވުމަށް ނިންމި ނިންމުމާމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް ސިޓީގައި މަހްލޫފް ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އެމްޑީޕީން ވަކިވާން ނިންމި ސަބަބެއް މި ސިޓީގައި ހާމަކޮށްފައެއް ނުވެ އެވެ.