ގަދަ 10 ގައުމުން އެއް މިލިއަން ފަތުރުވެރިން
އަވަސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 9:06
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައުމުން މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،520،699 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މީގެ ތެރެއިން 1،008،946 ފަތުރުވެރިންނަކީ ޓޫރިޒަމް މާކެޓްގެ ގަދަ 10 ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.
ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،258 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 907 ގެސްޓްހައުސް އާއި 161 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.