އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި

އަވަސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 12:32

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ އިންޓޭކަށް ހުޅުވާލައިފި އެވެ.

މިފަހަރު ފުރުސަތު ދިނުމަށް ނިންމާފައިވަނީ 15 މެޑިކަލް ގްރެޖުއޭޓުންނަށެވެ. އިންޓާންޝިޕަށް ކުރިމަތިލެވެނީ މެޑިކަލް ކޮލެޖް / ޔުނިވަސިޓީއަކުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް އޮތުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓްވެސް އޮވެފައި އަދި ފާއިތުވި ފަސް އަހަރު އެއްވެސް ޕޮލިސް ރިކޯޑެއް ނެތް މީހުންނަށެވެ. އޭއީއެޗުން ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ކުރިމަތިލައިފިނަމަ ފުރުސަތު ދިނުމުގައި އިސްކަންދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީޚަށް ބަލައިގެން ކަމަށެވެ. މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދުގައިވާ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދޫކުރެވޭނީ 5-6 އަހަރުގެ ކިޔެވުމަށްފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.

މައުޟޫޢުތަށް