ބޭސް އެތެރެކުރަން ކުންފުންޏެއް އުފައްދަވައިފި

އަވަސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 3:45

ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ. ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް ގެނައުމަށް ހާއްސަ ކުންފުންޏެއް އުފައްދަވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ އިއުލާނުކުރައްވާފަ އެވެ.

މައުޟޫޢުތަށް