ފައިނޭންސް ފޯރަމް ފަށައިފި

އަވަސް

10 ސެޕްޓެމްބަރު 2025 | ބުދަ | 11:50

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި މި ފޯރަމްގައި ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އަދި އާންމުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފޯރަމްގެ މި އަހަރުގެ ޝިއާރަކީ "ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މާކެޓް" އެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާސް ވިދާޅުވީ މާލީ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާތަކުގެ މުސްތަގުބަލާ ބެހޭ ގޮތުން ފޯރަމްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، ރާއްޖެއަށް އިގުތިސާދީ ގޮތުން ގެނެވޭނެ ކުރިއެރުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފޯރަމެކެވެ. މި ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2012 ވަނަ އަހަރު އެވެ.

މައުޟޫޢުތަށް