ޕަބްލިކް ލަޔަބިލިޓީ އިންޝުއަރަންސް: ކޮންމެ ވިޔަފާރިއަކަށް ވެސް އެނގުން މުޙިންމު

އަވަސް

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:30

ވިޔަފާރިއެއް ހިންގުމަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކާއެކު މުޢާމަލާތްކުރަން ޖެހުމެވެ. ކަސްޓަމަރުން، ކްލަޔަންޓުން، މެހެމާނުން، އަދި ވިޔަފާރި ހިންގާ ތަން ކައިރިން ލާފައި މަގުމަތިން ދާ އާންމު ފަރުދުންނެވެ. އެކަމަކު މިސާލަކަށް، ތިޔަ ވިޔަފާރި ހިންގާ ތަނަށް ވަންނަ މީހަކު، ބިންމައްޗަށް އެއްޗެއް އެޅިފައި ހުރުމުގެ ސަބަބުން ކައްސާލައިގެން ވެއްޓި ބޮޑު އަނިޔާއެއް ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ، ތިޔަ ވިޔަފާރި ހިންގާ ތަނުގައި ހުރި އެއްޗެއްގެ ސަބަބުން ކަސްޓަމަރެއްގެ އަމިއްލަ މުދަލަށް ގެއްލުމެއް ވެއްޖެ ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ މިފަދަ އެތައް ޙަދިސާތަކަކީ ގެއްލުމުގެ ބަދަލު ހޯދުމަށް ގާނޫނީ ފިޔަވަޅު ވެސް އަޅާފާނެ ފަދަ ކަންކަމެވެ.

ޕަބްލިކް ލަޔަބިލިޓީ އިންޝުއަރަންސްގެ ބޭނުމަކީ ހާދިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި ދިމާވެދާނެ މާލީ ގެއްލުމަކުން ވިޔަފާރި ސަލާމަތްކޮށްދިނުމެވެ. ތިޔަ ވިޔަފާރީގެ ސަބަބުން ތިންވަނަ ފަރާތަކަށް ދިމާވެދާނެ ޖިސްމާނީ އަނިޔާއެއް، ސިއްހީ މައްސަލައެއް ނުވަތަ އެހެން ފަރާތެއްގެ މުދަލަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމުގެ ޒިންމާތަކުން މި ޕްލޭނުން ރައްކާތެރިކަން ފޯރުކޮށްދެއެވެ. ނުވަތަ ބަދަލު ހޯދަން ބަޔަކު ޝަރުޢީ ކޯޓަކަށް ގޮސްފި ނަމަ ދިފާޢުވުމަށް ޤާނޫނީ ވަކީލުން ނެގުން ފަދަ ކަންކަމަށް ހިނގާ ޚަރަދުތައް ކުރުމުގެ ބުރައިންނެވެ. މިސާލަކަށް، ކަސްޓަމަރަކު ފިހާރައަށް ވަދެ އުޅެނިކޮށް އަނިޔާއެއް ވެގެން އެކަމުގެ ބަދަލަށް އޭނާ ދަޢުވާކުރާނަމަ އެ ބުރައިން ރައްކާތެރިކޮށްދެއެވެ. ނުވަތަ ކަސްޓަމަރެއްގެ މުދަލަކަށް ގެއްލުމެއް ވެގެން އެކަމުގެ ބަދަލަށް އެދޭނަމަ އެ ބަދަލު ދިނުމުގެ ބުރައިން ވެސް ސަލާމަތްކޮށްދެއެވެ. މިކަންކަމުގެ އިތުރުން، މި އިންޝުއަރަންސަކީ މޫދުކުޅިވަރު ނުވަތަ ވޯޓާސްޕޯޓްސް ފަދަ ޚިދުމަތްތަކުން ވެސް މީހަކަށް ކުރިމަތިވެދާނެ ގެއްލުމަކުން ބަދަލު ދިނުމުގެ މާލީ ބުރައިން ރައްކާތެރިވުމަށް ފުޅާކުރެވޭނެ ޕްލޭނެކެވެ. ބަވަނަ ދުނިޔޭގައި ރާއްޖޭގެ ވިޔަފާރިތަކުން ބޭރުގައި ވެސް ޙަރަކާތްތައް ހިންގާ ނަމަވެސް، މި ޕްލޭނުގެ އިހްތިސާސް ދެމިގެން ދާނީ ދިވެހިރާއްޖޭގެ އިހްތިސާސާއި ޖޯގްރަފިކް އިންތަކަށެވެ. އިތުރު މަޢުލޫމާތު އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ބައްލަވައިލެވޭނެއެވެ. ރައްކާތެރިކަމާއި ސަލާމަތަށް ކިތަންމެ ބޮޑެތި ފިޔަވަޅުތަކެއް އެޅި ނަމަވެސް އެކްސިޑެންޓެއް ނުވަތަ ޙާދިސާއެއް ނުހިނގުމަކީ މުސްތަޙީލު ކަމެކެވެ. ކަމެއް ހިނގާފާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ހިނގާ ޙާދިސާއަކުން މީހަކަށް ވާ ގެއްލުމަކާ ހެދި ނިއުޅިގެންދާ ޚަރަދުތަކަކީ (މިސާލަކަށް ބަދަލު ދިނުމަށް ނުވަތަ ކޯޓުގައި ދިފާޢުވުމަށް ކުރާ ޚަރަދުތަކަކީ) ކުދި ވިޔަފާރިތަކަށް ހިފަން މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. މިއީ ވިޔަފާރި ބަންދުކުރުމަށް ވެސް މެދުވެރިވެދާނެ ފަދަ ކަމެކެވެ. ކެފޭއެއް، ފިހާރައެއް، އޮފީހެއް، ނުވަތަ ޖިމްއެއް ވިޔަސް މިފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ. ޕަބްލިކް ލަޔަބިލިޓީ އިންޝުއަރަންސުން ފޯރުކޮށްދެނީ އިތުބާރެކެވެ. އެއީ ތިންވަނަ ފަރާތަކަށް ކުރިމަތިވާ ކަމަކުން މާލީ ބުރައެއް ނުއުފުލައި، ވިޔަފާރި ހިންގަމުން ދެވޭނެކަމުގެ ޔަޤީންކަމެވެ. މިއީ ކަސްޓަމަރުންނާއި ކްލަޔަންޓުންގެ އިތުބާރު ވެސް ބޮޑުވާން އޮތް ސަބަބެކެވެ.

މައުޟޫޢުތަށް