އެޑްމިޓްކޮށްގެން ނަސްރީނާއަށް ފަރުވާ ދެނީ

އަވަސް

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:22

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ރައީސް މައުމޫންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ނަސްރީނާއަށް ފަރުވާާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލް ގައެވެ. ބަޔާނުގައި ބުނީ އުމުރުފުޅުން 74 އަހަރުގެ ނަސްރީނާއަށް ފަރުވާ ދެނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. ނަސްރީނާ އެޑްމިޓް ކޮށްގެން މިދިޔަ ހަފްތާ އިން ފެށިގެން ފަރުވާ ދެމުންދާއިރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެސް ބުންޏެވެ. ނަސްރީނާއަށް ފަރުވާ ދެމުންދާ ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އޯގާތެރިކަމާއި އަޅާލުން ލިބޭތީއާއި އާންމުންގެ ހެޔޮ އެދުމުގެ މެސެޖުތައް ލިބޭތީ މައުމޫންގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މައުޟޫޢުތަށް