ރަޝިއާއަށް އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަށް ނެތް: މެޓް

އަވަސް

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 8:43

ރަޝިއާ ކައިރިއަށް މިއަދު އައި ބިންހެލުމުގެ ނުރައްކާ ރާއްޖެއަށް ނެތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

ރަޝިއާގެ ކަމްޗަޓްކާގެ އިރު އުތުރު އައްސޭރިއަށް މިއަދު ވަނީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. ބިން ހެލުން އައިސްފައިވަނީ މާލެއާ 9،421 ކިލޯމީޓަރު ދުރަށެވެ. މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މައުޟޫޢުތަށް