މީޑިއާ ބިލްގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހާއްސަ ފޯރަމެއް ބާއްވަނީ

އަވަސް

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:54

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް އާންމުންނަށް ކިޔައިދިނުމަށް ހާއްސަ ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ. މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމްކުރާ މި ފޯރަމް އޮންނާނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގަ އެވެ. ފޯރަމު ބާއްވަނީ "ހިޔާލާއި ފިކުރު ކަފުނަށް" މި ނަމުގައެވެ. އެމްޖޭއޭ އިން ބުނީ ފޯރަމްގައި ބައިވެރިވާ ބައިވެރިވާ އާންމުންނަށް އެމީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ހުށަހެޅުމަށް ފުރުސަތުވެސް ލިބޭނެ ކަމަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކުރިންވެސް އެފަދަ ބިލެއް ހުށަހަޅާއިވާ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އަބޫބަކުރު އެވެ. މިބިލް ބޭރުކޮށްލުމަށް ނޫސްވެރިން ތަކުރާރުކޮށް ގޮވާލަމުންދާއިރުވެސް މަޖިލީހަށް ބިލް ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ބިލް ދިރާސާކުރަމުންނެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން ސަރުކާރުން މިހާރު ވަނީ ބިލަށް ބައެއް އިސްލާހުތައް ހުށަހަޅާފަ އެވެ. އެކަމަކު ސަރުކާރުން ފޮނުވި އިސްލާހުތަކާ އެކު ބިލް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުންތައް މިފަހުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

މައުޟޫޢުތަށް