ނަސްރީނާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
އަވަސް
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 2:02
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.
ނަސްރީނާ އެޑްމިޓް ކޮށްގެން މިދިޔަ ހަފްތާ އިން ފެށިގެން ފަރުވާ ދެމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް ގައެވެ. އުމުރުފުޅުން 74 އަހަރުގެ ނަސްރީނާއަށް ފަރުވާ ދިނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަސްރީނާގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް ވަޑައިގެންފައިވާ ކަމަށެވެ. ނަސްރީނާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އޯގާތެރިކަމާއި އަޅާލުން ލިބިފައިވާތީ އާންމުންގެ ހެޔޮ އެދުމުގެ މެސެޖުތައް ލިބިފައިވާތީ މައުމޫންގެ އޮފީހުން ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.