ފޮރިން މިނިސްޓަރު ޚަލީލު ގަތަރަށް ފުރާވަޑައިގެންފި
އަވަސް
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:00
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގަތަރަށް ފުރާވަޑައިގެންފި އެވެ.
ހަލީލު ވިދާޅުވީ ގަތަރަށް މިރޭ ފުރާވަޑައިގަތީ އަރަބް އިސްލާމިކް ސަމިޓަށް ތައްޔާރުވުމަށް ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. މި ބައްދަލުވުމުގައި އިޒްރޭލުން ދާދިފަހުން ގަތަރަށް ދިން ހަމަލާއާ ގުޅޭގޮތުންނާއި އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހަލީލު ވިދާޅުވި އެވެ. ހަލީލު، ގަތަރަށް ފުރާވަޑައިގެންފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖާމައަތުން ގަތަރުގައި ބޭނުންކުރާ އިމާރާތަކަށް އިޒުރޭލުން ހަމަލާދީފައިވާތީ އަރަބި އަދި އިސްލާމީ ގައުމުތަކުން އިޒުރޭލުގެ ހަމަލާ ކުށްވެރިކުރަމުންދާ ވަގުތެއްގައެވެ.