ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި
އަވަސް
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:44
ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި އެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ބަންޑާރަނައިބުގެ އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މީގެއިތުރުން ރައީސް މުއިއްޒު ވަނީ ބަންޑާރަނައިބުގެ އޮފީހުން ތައްޔާރުކުރި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް"ވެސް ނެރެދެއްވާފަ އެވެ. މިރަސްމިއްޔާތުގައި ވަނީ ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި ވަނީ ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށްވެސް ހަނދާނީ ފިލައެއް އަރުވާފަ އެވެ.