ވ. އަތޮޅުގައި ސްޓެލްކޯގެ ހިދުމަތް ފުރިހަމަ ކުރުމަށް މަޝްވަރާކޮށްފި
އަވަސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:15
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވ. އަތޮޅުގައި ހިދުމަތްދޭ ރަށްރަށުގައި ހިދުމަތްތައް ފުރިހަމަ ކުރުމާގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދާއި ކުންފުނީގެ ބައެއް އިސްވެރިން ވަނީ މި ހަފުތާ ބަންދުގައި ވ. އަތޮޅުގައި ސްޓެލްކޯ އިން ހިދުމަތްދޭ ރަށްތަކަށް ޒިޔާރަތްކުރައްވާފަ އެވެ. އެ ގޮތުން ވ. ފެލިދޫ އާއި ވ. ފުލިދޫ އާއި ވ. ކެޔޮދޫ އާއި ވ. ރަކީދޫ އަދި ވ. ތިނަދޫއަށް ސްޓެލްކޯގެ އިސްވެރިން ވަނީ ޒިޔާރަތްކުރައްވާފަ އެވެ.
ސްޓެލްކޯގެ އިސްވެރިން ވަނީ އެ ރަށްރަށުގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނާއި މަޝްވަރާކޮށްފަ އެވެ.