ރަސްމީ ރިޒާވް އިތުރު، ބޭނުން ކުރެވޭ ރިޒާވް ދަށަށް
އަވަސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:58
ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ އޮގަސްޓް މަހު އިތުރުވި ނަމަވެސް ބޭނުން ކުރެވޭ ރިޒާވް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަސް ބަލާއިރު މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ހުރީ 810 މިލިއަން ޑޮލަރެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހާއި އަޅާބަލާއިރު އޮގަސްޓް މަހު ރަސްމީ ރިޒާވް ވަނީ އިތުރުވެފަ އެވެ. ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 774.5 މިލިއަން ޑޮލަރެވެ. ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އާއި ޑިޕޮސިޓްގެ ގޮތުގައި އޮގަސްޓް މަސް ނިމުނުއިރު 117.2 މިލިއަން ޑޮލަރު ހުއްޓެވެ. ރަސްމީ ރިޒާވް އާއި ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އާއި ޑިޕޮސިޓުން ކުރު މުއްދަތުގެ ދަރަނިތައް އުނިކުރުމުން އޮގަސްޓް މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 188.64 މިލިއަން ޑޮލަރެވެ. ބޭނުންކުރެވޭ ރިޒާވްގައި މި އަހަރުގެ ޖުލައި ނިމުނުއިރު 213.22 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން، ބޭނުންކުރެވޭ ރިޒާވް ވަނީ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަސް ނިމުނުއިރު ދަށަށް ގޮސްފަ އެވެ.