އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތި އާންމުކޮށްފި

އަވަސް

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:59

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތީގެ ލިސްޓް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އެ ބާވަތްތައް އެސްޓީއޯ އިން ރާއްޖެ ގެންނަން ވަނީ ނިންމާފަ އެވެ. އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި ވަނީ އިތުރުކޮށްފަ އެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައިވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ. އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު ތަކެތި ރާއްޖެ ގެނައުމަށް އެސްޓީއޯ އިން ތައްޔާރުވެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެސްޓީއޯ އިން ބުނީ މިކަން ކަމަށް ތައްޔާރުވުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޒަަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް