މާފުށީ ޖަލުން 33 މޯބައިލް ފޯނު އަތުލައިގަނެފި
އަވަސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:10
ކ. މާފުށީ ޖަލުން 33 މޯބައިލް ފޯނު އަތުލައިގަނެފި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާއަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރި ތަހުގީގުތަކުން މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުގައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، މިމަހުގެ 11 ވަނަ ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއާޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުހުން ބުނީ ސްކޭމް މަދުކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން މި ފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.