ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
އަވަސް
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:00
ފ. ނިލަންދޫން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ވފުލުހުން ބުނީ ކުއްޖަކުން ގެއްލިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މިރޭ 10:15 ގައި ކަމަށެވެ. ފުލުހުން ބުނީ މިއަދު ހަވީރު ގެއިން ނުކުތް ގޮތަށް ކުއްޖާގެ ހަބަރެއް ވެފައި ނުވާ ކަމަަށް އާއިލާއިން މައުލޫމާތުދޭ ކަމަށެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.